ޒުވާނުންގެ މުޒާހަރާއަށް ހުރަސްއަޅައި ބައެއް މީހުން ހައްޔަރުކޮށްފި
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފްލޯއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މިރޭ ކުރި މުޒާހަރާއަށް ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.
މުޒާހަރާކުރިއަށްދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާސްޕްރޭ ޖަހާފައެވެ. ޕެޕަސްޕްރޭ ޖެހުމާއެކު މުޒާހަރާ ހޫނުވެ ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔައެވެ.
މުޒާހަރާގައި މީހުން ހައްޔަރުކުރިނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުން ރަސްމީކޮށް...