ޔުމްނު ވެއްޓުނީ ރައުދުއާ ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށް: ފުލުހުން
މިދިޔަ ހުކުރު ދުވަހު ފަތިހުގެ ވަގުތެއްގައި ހ. ފެންޓޯނިއޯގޭގެ ނުވަ ވަނަ ފްލޯއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ކުރިން އެރޭ އޭނައާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލާ ހަމަނުޖެހުމެއް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައި ވަނީ ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކޮށް ބޭއްވި މަޖިލީހުގައެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ...