ކުރިއަށް އޮތްތަނުގައި ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ: ރައީސް
ކުރިއަށް އޮތް ތަނުގައި އިއުލާނު ކުރެވޭ ހައުސިން ޕްރޮޖެކްޓުތަކުން ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ފްލެޓް ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދެނޯ" ގެ ޔޫޓިއުބް ޗެނަލުން ގެނެސްދޭ "ސްޕޮޓް އޮން!" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބޭނުންތެރި ކަމެއް ކަމަކަށް ވާއިރު އެކަން ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިގޮތުން ރައީސް މުއިއްޒު...