ހޯމް މިނިސްޓަރުގެ ބަޔާނަށް ގިނަ ބަައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މެންބަރުން ވެއްދުމަށް ބޭނުންކުރާ ފޯމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ޖަވާބަށް ފާޑުކިޔައިފި އެވެ.
މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޕީއެންސީގެ މެންބަރުކަމަށް އެދޭ ފޯމުގައި ސޮއިކުރާއިރު ހެކިވެރިން އެތަނުގައި ހާޒިރުވެ ތިބެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުކަމަށް އެދޭ ފޯމުގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ފޯމުގައި ސޮއިކުރަނީ ހެކިވެރިންގެ ހާޒިރުގައި ކަމަށެވެ.
ވައިކަރަދޫ ދާއިރާގެ...