40 އަހަރަށްފަހު ހަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވަނީ
މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒު ހުއްދަ ދެއްވައިފި އެވެ.
މިއީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނަމަވެސް އެ އިމާމް ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެ މިނިސްޓްރީން ނުބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ...