މިސައިލް ފޮނުވޭ މަނަވަރެއް ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ
މިސައިލް ފޮނުވޭ ފަދަ މަނަވަރެއް ރާއްޖެއަށް ހަދިޔާކުރަން ތުރުކީން ނިންމިކަން އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފި އެވެ.
ތުރުކީގެ އަސްކަރިއްޔާއިން މިކަން ހާމަކުރިޔަސް ދިވެހި ސަރުކާރުން އުޅެނީ މިކަން ސިއްރުކޮށްގެނެވެ.
ތުރުކީގެ ނޫސް އެޖެންސީ އަނަދޯލު އިން ވަނީ އެ ގައުމުގެ ދިފާއީ ވުޒާރާގެ އޮފިޝަލުންނާ ހަވާލަދީ މިކަން ހާމަކޮށްފަ އެވެ.
އެ ވުޒާރާއިން ބުނިގޮތުގައި ރާއްޖެއާ އެކު އެ ގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރަނީ މިސައިލު...