އިރުކޭތައިގެ ސަބަބުން މިރޭ ހަނދު ފެނުމަކީ ނާދިރު ކަމެއް: މާހިރުން
މިއަދުގެ ވަގުތެއްގައި ހިފާނެ ކަމަށް ބެލެވޭ އިރުކޭތައިގެ ސަބަބުން އަރަބި ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނުމަކީ ނާދިރު ކަމެއް ކަމަށް ފަލަކީ އިލްމުވެރިން ބުނެފި އެވެ.
ސައޫދީ އަރަބިއާގެ ފަަލަކީ އިލްމުވެރިއެއް ކަމަށްވާ ބަދުރު އަލް އުމައިރާ ވިދާޅުވީ މިއަދުގެ އިރު އޮއްސުމުގެ ކުރިން ހަނދު އޮއްސޭނެ ކަމަށާއި އެހެން ކަމުން ހަނދު ފެނުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެއް ކަމަށެވެ.
ޓެލެސްކޯޕްއަކުން ހަނދު ފެނުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް...