ރޯދަ މަލާފަތް: މިފަހަރު މުގު ބަތް ތައްޔާރު ކޮށްލަމާ!
މިއަހަރުގެ "ރޯދަ މަލާފަތް" ސެގްމެންޓްގައި އަޅުގަނޑުމެން މަސައްކަތް ކުރަނީ ދިވެހިންގެ ރަހަތަކާ ގުޅޭ ދިވެހި ކެއުންތައް ކިޔުންތެރިންނަށް ގެނެސްދިނުމަށެވެ.
މިއަދުގެ ރެސިޕީއަކަށް މިއޮތީ ބަތްގަނޑެއް ކާލަން ބޭނުންވާ ދުވަސް ދުވަހު ތައްޔާރު ކޮށްލަން ފަސޭހަ، ރަހަ ވެސް އެހާ މީރު ބަތެކެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ބާސްމަތީ ހަނޑޫ (ދޮވެފައި)
1 ޖޯޑު މުގު (ދޮވެފައި)
10 ހިކި މިރުސް (މެދުން ބުރިކޮށްފައި)
6 އިންޗި ރާނބާފަތް
4 މޭޒުމަތީ ސަމުސާ ގިތެޔޮ
1 ފިޔާ (ތުނިކޮށް ކޮށާފައި)
1...