މަސްޖިދުލް ނަބަވީގައި 120 ގައުމަކުން 4000 މުސްލިމުން އިއުތިކާފުގައި!
ރަމަޟާން މަހުގެ ފަހު ދިހައެއް ކުރިއަށްދާއިރު މި ދުވަސްވަރު މަދީނާގެ މަސްޖިދުލް ނަބަވީގައި 120 ގައުމަކުން 4000 މުސްލިމުން އިއުތިކާފަށް އެބަތިބި ކަމަށް ހަބަރުތައް ބުނެފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް އިއުތިކާފަށް މީހުން ތިބެން ހަމަޖެހިފައިވަނީ މިސްކިތުގެ ވަކި ސަރަހައްދު ތަކެއްގަ އެވެ.
އެގޮތުން މިސްކިތުގެ ހުޅަނގު ފުރާޅާއި އިރު އުތުރު ފުރާޅަކީ މިއަހަރު އިއުތިކާފަށް ތިބެން ހަމަޖައްސާފައިވާ ސަރަހައްދުތައް ކަމަށް ދެ...