މުމްބާއީ އިންޑިއަންސްއާ ގުޅިގެން އެމްއެމްޕީއާރުސީން ރާއްޖެ ޕްރޮމޯޓްކުރަނީ
އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމު، މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) ހަމަޖައްސައިފި އެވެ.
މިއީ އެމްއެމްޕީއާރުސީއިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ފުރަތަމަ ޕާޓްނާޝިޕެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓު ކަމަށްވާއިރު، މި ޕާޓްނާޝިޕްގެ ސަބަބުން އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުނެ އެވެ.
މުމްބާއީ އިންޑިއަންސް އަކީ...