ޖުޑިޝަރީއަތް އަތްބާނަން ސަރުކާރުން ކުރާ މަސައްކަތް އދ. އަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކުއްލި ގޮތަކަށް ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހެޅުއްވީ ސަސްޕެންޑްކޮށްފައިވަނިކޮށް ފަނޑިޔާރު ކަމުން މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދެވެ.
ސުއޫދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އޭނާއާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒް އަލީ އާއި ޑރ. އަޒްމިރަލްދާ ޒާހިރު...