އާއިލާއެއްގެ ހަ މީހުން އުމުރާއަށް ނުދެވި މާޔޫސްވެފައި، މިފަހަރުވެސް ގުރޫޕެއްގެ އިހުމާލު
އާއިލާއަކަށް ނިސްބަތްވާ ހަ މީހަކު މި ރޯދަ މަހު އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ފަހުން އެންމެ ފަހު ވަގުތު، ނުގެންދެވޭނެ ކަމަށް އުމުރާ ގުރޫޕަކުން އަންގައިފި އެވެ.
އުމުރާއަށް ދިއުމަށް އެ އާއިލާއިން މާލެއައުމަށް ތައްޔާރުވެފައި ވަނިކޮށް ނުދެވޭނެކަން އެންގީ އަސްކޮއި ހައްޖު ގުރޫޕުންނެވެ.
އެ އާއިލާގެ މެންބަރަކާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އާއިލާގެ މަންމައާ ބައްޕަ ހިމެނޭހެން ހަ މީހަކު މި އަހަރުގެ ރަމަޟާންމަހު އުމުރާގެ...