ކުޑަކުދިން ހިމެނޭހެން 48 މީހަކު ކަނޑުވުމުން ސަލާމަތްކޮށްފި
ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން...