އިމްޕޯޓު ޑިއުޓީ މަދުވީ ޗައިނާއާއެކު ހެދި އެފްޓީއޭގެ ސަބަބުން ނޫން: މިނިސްޓަރު
އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް މިދިޔަ ލިބުނު އާމްދަނީ ދަށްވީ ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށާފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މައާފުވެގެންދާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން...