އަދާލަތު ޕާޓީއަށް ވަނުމަށް ޝަހީމް ފޯމު ހުށަހަޅުއްވައިފި
ސިޔާސީ ޕާޓީ އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފޯމް ހުށަހަޅުއްވައިފި އެވެ.
މި އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އަދާލަތު ޕާޓީގެ އާ ރައީސަކު ހޮވުމުގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަން ޝަހީމްވަނީ ދާދިފަހުން އިއުލާން ކުރައްވާފަ އެވެ.
އެކަން ހާމަކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ މުއައްސިސެއްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެ ޕާޓީއަށް ޚިދުމަތްކުރެއްވި...