ހާލަތާނުބައްދަލު ބާރުގެ ބޭނުންކޮށްގެން ޒުވާނުންގެ މުޒާހަރާ ރޫޅާލުމުން ފާޑުކިޔަނީ
ސިލްސިލާކޮށް ޒުވާނުން މާލޭގެ މަގުތަކުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ރޭގެ އެއްވުން ރޫޅާލުމަށް ފުލުހުން ހާލަތާނުބައްދަލު ބާރުގެ ބޭނުންކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ހެންވޭރު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ އޭޕްރީލް 18 ވަނަ ދުވަހު ފެނުނު މައްސަލައާ ގުޅިގެން އެ ޒުވާނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޒުވާނުން ގެންދަނީ ކޮންމެ ރެޔަކު އިހުތިޖާޖު ކުރަމުންނެވެ.
ރޭގެ އިހުތިޖާޖުގައި ފެނިގެން ދިޔައީ ޒުވާނުން ސުލްހަވެރިކަމާއެކު...