އެންއައިސީޔޫގައި ޖަރާސީމްގެ އަސަރުކޮށް ހާލުދެރަ ކުދިން ބޭރަށް ފޮނުވަނީ
އައިޖީއެމްއެޗްގައި އެންމެ ތުއްތުކުދިންނަށް ފަރުވާދޭ ނިއޯނޭޓަލް އައިސީޔޫގައި ފެތުރުނު މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ބެކްޓީރިއާގެ އަސަރުކޮށް ހާލުދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗް އިން ރޭ މެންދަމު ބާރައިގެ ފަހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ނުރައްކާތެރި ބަލި ފެތުރެން ފެށީ މާޗް 27، ގައި ކަމަށެވެ. އަދި އޭޕްރީލް 15 އާ ހަމައަށް އެންއައިސީޔޫގައި...