ޒުވާނުންގެ އަޑު އުފުލުމާއި ސަރުކާރުން ފަތުރާ ވާހަކަ
އިންސާފު ހޯދުމަށް އަޑުއުފުލައި ދިވެހި ޒުވާނުން މަގު މައްޗަށް ނުކުތީ އޭޕްރިލް 18 ވަނަ ދުވަހުގެ ރޭ ގޮތް ނޭނގޭ ގޮތަކަށް ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު އުމުރުން 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުން ބެލިގޮތާމެދު ހިތްހަމަނުޖެހިގެންނެވެ. އެ ހިތްހަމަނުޖެހުން ގައުމުގެ ގިނަ ރައްޔިތުންގެ ހިތްތަކުގައިވެ އެވެ. ގައުމުގައި އަދުލު އިންސާފު ގާއިމުކުރުމާ ބެހޭ އިދާރާތަކުގެ ހާލަތާމެދު ގިނަ ބަޔަކަށް އިތުބާރެއް ނުކުރެވެ އެވެ....