ވާތްތެރިން އެހާ މަދީ ކީއްވެ؟ ސައިންސްވެރިންގެ ހިޔާލު
ދުނިޔޭގެ އާބާދީގެ 10 އިންސައްތަ މީހުންނަކީ ވާތްތެރިންކަން ދިރާސާތަކުން ދައްކަ އެވެ. މިއީ ކަނާތް އަތުގެ މީހުންނާ އަޅާބަލާއިރު ވަރަށް މަދު އަދަދެކެވެ. މިކަމުގެ ސަބަބު ސައިންޓިސްޓުންނަށް އަދިވެސް ސާފުކޮށް ނޭނގެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ގިނަ ނަޒަރިއްޔާތުތަކެއް ސައިންސްވެރިން ވަނީ ހުށަހަޅާފަ އެވެ.
ގިނަ ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ވާތު އަތް ނުވަތަ ކަނާތު އަތް ބޭނުންކުރުމަކީ ޖެނެޓިކްސްއާ ގުޅުން ހުރި ކަމެކެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ...