އައިޖީއެމްއެޗުގެ އެންއައިސީޔޫއިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ
އައިޖީއެމްއެޗްގައި އެންމެ ތުއްތުކުދިންނަށް ފަރުވާދޭ އެންއައިސީޔޫ ތެރެއިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާތައް އުފަންވާ ކަމަށެވެ. މި ބެކްޓީރިއާ އާއްމު އެންޓި ބަޔޮޓިކަށް ނުގުޑަ އެވެ. އެހެންވެ، ނުރައްކާތެރި އިންފެކްޝަނަކަށް މަގު ފަހިވެ އެވެ.
ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ...