"މޭޑޭ" ހިނގާލުމަށް ފުލުހުން ހުރަސްއަޅައިފި
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަހު އެއްވުންތަކާއި ތަފާތު އެކި ހަރާކާތްތައް އިންތިޒާމު ކުރި އެވެ. އެގޮތުން މިއަދު މާލޭގައި ކުރިއަށްދާ މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް...