ސްޓޫޑެންޓު ލޯނަށް 1300 އަށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި
މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސުޓޫޑެންޓް ލޯނަށް އެދި 1300 އަށް ވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅައިފި އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުން ތައުލީމާއި ތަމްރީނު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ސްކީމްގައި މި އަހަރު ދޫކުރުމަށް ނިންމާފައިވަނީ 500 ލޯނެވެ.
އިއްޔެއަށް ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާއިރު، ސްޓޫޑެންޓު ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ފޯމުތައް މިހާރު އިވެލުއޭޓު ކުރަމުންދާ ކަމަށް ހަޔާރ އެޑިއުކޭޝަން މިނިސްޓަރު އަލީ...