ހުއްދަ ނެތި އިންވެސްޓްމެންޓް ސްކީމް ހިންގާ ފަރާތްތަކާމެދު ސަމާލުވުމަށް އިލްތިމާސްކޮށްފި
ރަޖިސްޓްރީ ނުކޮށް ފައިސާ އިންވެސްޓުކުރާ ސްކީމްތަށް ހިންގާ ފަރާތްތަކާމެދު ސަމާލުވުމަށް ކެޕިޓަލް މާކެޓު ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން އިލްތިމާސްކޮށްފި އެވެ.
އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކަމާބެހޭ ގަވާއިދުތަކުގެ ދަށުން ހުއްދަ ނުހޯދައި، މާލީ ޕްރޮޑަކްޓުތަކާއި ޚިދުމަތްތައް ވިއްކަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
https://x.com/CMDA_MV/status/1917518563570770102
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން، އެފަދަ ސްކީމްތައް ހިންގޭނީ ސީއެމްޑީއޭގެ ހުއްދަ ލިބިގެންނެވެ. އެހެންކަމުން އެކިއެކި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް، އެފަދަ ސްކީމްތަކުގައި...