"މާވެލް"އާއެކު ޝާހްރުކް ޚާންގެ މިސްރާބު ހޮލީވުޑަށް؟
މާވެލް ސިނަމެޓިކް ޔުނިވާސްގެ ކުރިއަށް އޮތް ފިލްމާއެކު ބޮލީވުޑްގެ ސުޕަ ސްޓާ ހޮލީވުޑަށް މިސްރާބު ޖަހާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މާވެލްގެ އުފެއްދުމެއްގައި ޝާހްރުކް ޚާން ހިމަނަން އޭނާއާއި މާވެލް ސްޓޫޑިއޯސްގެ މެދުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ.
މާވެލްގެ ހަބަރުތައް ސޯޝަލް މީޑިއާގައި ފަތުރާ އެކްސް އެކައުންޓަކާ ހަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ މަޝްވަރާތައް ބާރަށް ކުރިއަށް ދިޔަ ނަމަވެސް އެ އުފެއްދުމުގެ މާ ބޮޑު...