އެމްޑީޕީ ޖަލްސާގައި ގުރުއާން ކިޔެވި މީހަކު ވެމްކޯގެ ވަޒީފާއިން ވަކިކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމުން ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ވަކިކޮށްފި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު ވެސް މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ. އެގޮތުން އެމްޑީޕީއިން...