މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީގެ ކޮންޓްރޯލް ހޯދަން ރައީސްކަމަށް ވާދަކުރައްވަނީ
އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓްގެ ކޮންޓްރޯލް ހޯދުމަށް އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ކަމުގައި ހުންނަވާ އާދަލަތު ޕާޓީން 2018 އިން ފެށިގެން އަންނަނީ އިންތިހާބުތަކުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު...