ދުންފަތުގެ އިސްތިއުމާލުކުރާނަމަ އާސަންދަ ދިނުމާމެދު ވިސްނަންޖެހޭ ކަމަށް ބުނެފި
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އާސަންދައިގެ ޚިދުމަތް ދިނުމާމެދު އަލުން ވިސްނަން ޖެހޭކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވެއްޖެ އެވެ.
މިކަން އޭނާ ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްއެއްގަ އެވެ. މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްއަކީ ވަކި އަހަރަކަށްވުރެ ފަހުން އުފަންވާ މީހުންނަށް ދުންފަތުގެ އިސްތިއުމާލު މަނާކުރުމަށް ހުށަހެޅިފައިވާ ބިލަކާ ގުޅޭގޮތުންނެވެ.
މި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ހަމީދު ވިދާޅުވީ އާސަންދައިން އެންމެ ބޮޑު ޚަރަދެއް ކުރަނީ ގައިންގަޔަށް...