ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ލަސްވަނީ މައުލޫމާތު ފުރިހަމަ ނުވާތީ: ހައިދަރު
ސްޓޫޑަންޓު ލޯނުތަކާއި ސްކޮލަޝިޕުގައި ކިޔަވާ ކުދިންނަށް ލިބެން ޖެހޭ ފައިސާ ޖަމާވުން ލަސްވަނީ ފައިސާ ޖަމާކުރަން ޖެހޭ ބޭންކު އެކައުންޓުގެ މައުލޫމާތު ފުރިހަމަ ނުވާތީ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވަނީ ސްޓޫޑެންޓް ލޯނު އަދި ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑް ފައިސާ ޖަމާކުރުމާއި ދައްކަންޖެހޭ...