އޮސްކާ އެވޯޑުގެ މިލްކުވެރިއަކަށް ކުރެވުނު އިޒްރޭލު ހަމަލާއެއްގެ ތަޖުރިބާ!
އޮސްކާ އެވޯޑުގެ މިލްކުވެރިއެއް ކަމަށްވާ ޑައިރެކްޓަރު ހަމްދާން ބަލާލް އޭނާއަށް ކުރިމަތިވި އިޒްރޭލުގެ ހަމަލާއެއްގެ ތަޖުރިބާ މީޑިއާއާ ހިއްސާ ކޮށްފި އެވެ.
ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ހަމްދާން ވަނީ ފަލަސްތީނުގައި އޭނާ ދިރިއުޅެމުން ދިޔަ ސަރަހައްދަށް ސިފައިން ވަދެގަނެ ކުރިމަތި ކުރުވި އަނިޔާތަކާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ހަމްދާން ބުނީ އެ ހަމަލާއާ ކުރިމަތިލާން ޖެހުނީ މިދިޔަ މާޗު މަހު "ރަމަޟާން މަހުގެ ރެއެއްގައި" ކަމަށާއި ނިރުބަވެރި ހަނގުރާމަވެރިން...