އަލުމްނައި އިން ދެކޮޅު ހަދަމުންދަނިކޮށް މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްކްކަން ދީފި
މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް)ގެ އަލުމްނައި އިން ދެކޮޅު ހަދަމުން ދަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮނަރަރީ ޑޮކްޓަރޭޓްކްކަން ދީފި އެވެ.
އޮނަރަރީ ޑޮކްޓަރޭޓްކަން ރައީސް މުއިއްޒަށް ދީފައި ވަނީ އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓްކަން ނުދިނުމަށް އެދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ސަބަބަކު ބަޔާންކޮށް އެ...