2007 ފެށިގެން ފަހުގެ ޖީލަށް ދުންފަތް މަނާކުރާ ބިލު މަޖިލީހަށް ހުށަހަޅައިފި
ޖެނެރޭޝަނަލް ބޭން ގެނައުމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
2007 އިން ފެށިގެން އޭގެ ފަހަށް އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރާ ބިލު މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގެވެ.
މި ބިލު ގާނޫނަކަށްވުމުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެ ކަމަށާއި އެ އުމުރުގެ އެއްވެސް...