ގެއްލުނު މުދާ އުފުލާ ދޯނި އެމްއެންޑީއެފުން ހޯދައިފި
ގެއްލިގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯނި އެމްއެންޑީއެފުން ހޯދައިފި އެވެ.
ގދ. ގައްދޫއިން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ "ކަށި ވާލި" (ބްރިލިއަންޓް ކެރިއާ) ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ ހަބަރެެއް ނުވުމާ ގުޅިގެން މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައި ވަނީ އިއްޔެ އެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް އެ ދޯނީގެ ޚަބަރެއް ނުވެގެން ވެރިފަރާތުން ރިޕޯޓުކުރުމުން، ދޯނި...