އަލިފާނުގެ ހާދިސާގަ ބިންވެރިޔާ ސްކީމް ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެންދިޔަ: މުއްތަލިބް
މިދިޔަ އަހަރު ކުރީކޮޅު ހައުސިން މިނިސްޓްރީގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ބިންވެރިޔާ ސްކީމް ޑޮކިއުމަންޓްތަކުގެ ހާޑްކޮޕީ ނެތިގެންދިޔަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން މީކާއީލް ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު ލިސްޓުގައި ނުހިމެނޭ ބަޔަކަށް...
0 Reacties 0 aandelen