އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމަށް މެލޭޝިއާ ބޮޑުވަޒީރު ތައުރީފު ކުރައްވައިފި
ޣައްޒާގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މަރުހަބާ ދަންނަވައިފި އެވެ.
ރައީސް މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި މެލޭޝިއާ ގުޅިގެން އިއްވި ބަޔާނުގައި ވާހަކަފުޅު ދައްކަވަމުން މެލޭޝިއާގެ ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލުގެ މައްސަލައިގައި ދެގައުމުން ވެސް ގެންގުޅެނީ އެއް ސިޔާސަތުތަކެއް...