މެލޭޝިއާއިން ދިވެހި ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަނީ
މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދޭނެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރަސްމީ ދަތުރުފުޅެއްގައި މިއަދު މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ސަރުކާރުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިދަތުރުފުޅުގައި ދިވެހިންނަށް ދަތިވާ ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި މިގޮތުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާ ކަންކަން ފަހި ކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. "މިދަތުރުގެ ތެރެއިން އެ ތަނުގެ...
0 Commenti 0 condivisioni