ގަވާއިދާ ހިލާފަށް ނެލިވަރު ސަރަހައްދަށް ވަނުމުން 4 ލައްކަ ރުފިޔާގެ ޖޫރިމަނާ އެއް
ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށްވަދެ އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
މި މައްސަލަ އާއި ގުޅިގެން އެ އެޖެންސީއަށް އެއްކުރެވުނު މައުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއަރ ރިޒަރވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ އެޖެންސީއަށް ހިއްސާކޮށްފައިވާ ހާދިސާ ރިޕޯޓަށް ބަލައި އީޕީއޭ...