ފަނޑިޔާރު އަޒްމިރާލްދާގެ ދިފާއީ އެއްވެސް ހެއްކެއް ބަލައިނުގަނެ، މިރޭ ވަކިކުރަނީ
ސުޕްރީމް ކޯޓުގެ ސަސްޕެންޑްކޮށްފައިވާ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގަމުންދާ ތަހުގީގަށް ހުށަހަޅާފައިވާ ދިފާއީ އެއްވެސް ހެކެއް ބަލައިނުގަނެ، ފަނޑިޔާރު މަޤާމުން ވަކި ކުރުމަށް މިރޭ ޖޭއެސްސީން ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި މައްސަލައިގައި ޑރ. އަޒްމިރާލްދާގެ ފަރާތުން ހުށަހަޅާފައިވާ ދިފާއީ ހެކިތަކަށް ރިއާޔަތްނުކުރުމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އެ ކޮމިޓީގެ ރިޕޯޓުގައި، މައްސަލައާ ގުޅިގެން...