ހަރާމް ގުޅުމެއްގައި ކުރީގެ ލޯބިވެރިޔާ ދީފައިވާ ފައިސާ އަނބުރާ ދައްކަންޖެހޭތަ؟
އިސްލާމްދީނުގައި ކައިވެނީގެ ބޭރުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަ ގުޅުންތަކަކީ ހުއްދަ ކަމެއް ނޫނެވެ. މިފަދަ ގުޅުންތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން މިކަން ޝަރީއަތުގައި މަނާކުރެވިފައިވެ އެވެ. މިފަދަ ގުޅުމެއްގައި ހުރެ، އެ ގުޅުމުގެ ތެރެއިން ހިނގާފައިވާ ފައިސާގެ މުއާމަލާތްތަކާމެދު ޢަމަލުކުރަންވީ ގޮތާ ބެހޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
މިކަމާ ގުޅޭ މިސާލެއް ދަންނަވާނަމަ، ޒުވާނަކު ތިން އަހަރު ވަންދެން ކުއްޖަކާ ކައިވެނީގެ ބޭރުން ގުޅުން ބާއްވައި،...