ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް މި ތަރިން އެއްބަސްވި!
މުނިފޫހި ފިލުވުމުގެ ދާއިރާގައި، ހާއްސަކޮށް ހޮލީވުޑުގައި އުޅޭ ގިނަ ފަންނާނުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޕްލާސްޓިކް ސާޖަރީ ހެދި ތަރިންނެވެ.
އެހެން ނަމަވެސް ގިނަ ތަރިންނަކީ އެކަން ވަރަށް ފޮރުވައިގެން އުޅޭ ތަރިންނެވެ. މި ލިޔުމުގައި މި ބަލާލަނީ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ފާޅުގައި އެއްބަސްވެފައިވާ ހޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނަށެވެ.
ސެލީނާ ގޯމޭޒް
ސެލީނާ ހަދާފައިވާ ޕްލާސްޓިކް ސާޖަރީތައް ކަމަށް ބުނެ ޓިކްޓޮކްގައި އާއްމުކޮށްފައިވާ ވީޑިއޯއަކަށް ރައްދު ދެމުން އޭނާ ވަނީ ބޮޓޮކްސް...