ބަނޑު ހިންދަން ކުރާ މަސައްކަތް ނާކާމިޔާބު ވަނީ ކީއްވެ؟
ކެއުމަށް ކިތަންމެ ބަލައިގެން އުޅުނަސް ނުވަތަ އެ ބޭނުމުގައި ކިތަންމެ ކަސްރަތެއް ކުރިއަސް ބަނޑު ހިންދުމުގައި ގިނަ އުނދަގޫތަކެއް ގިނަ މީހުންނަށް ކުރިމަތިވެ އެވެ. އެހެން ވާނަމަ ތިރީގައި މިވާ ކަންތައްތަކުން ކަމެއް އުނިކޮށް ކުރެވޭތޯ ބަލާލާށެވެ.
ކުރެވޭ ކަސްރަތުތައް ގޯސްވުން
ޖިމްގައި ނުވަތަ އަމިއްލަ އަށް ނަމަވެސް ކުރާ ކަސްރަތު ތަކުން ބަނޑު ނުހިނދޭ ނަމަ އެކުރެވޭ ކަސްރަތުތައް ރަނގަޅު ނުވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ދުވުމަކީ ހިތައް ރަނގަޅު ފައިދާތަކެއް...