ސަހަރާގައި ހުންނަވަނިކޮށް މެންބަރު ޒިޔާދަށް ހަމަލާދީފި
ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ހަމަލާ ދީފި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިއްޓޭ އަށް ހަމަލާ ދިނީ މީހެއްގެ ޖަނާޒާގައި ބައިވެރިވުމަށް ސަހަރާތެރޭގައި ހުންނަވަނިކޮށް މިއަދުގެ ވަގުތެއްގަ އެވެ.
އުމުރުން ދޮށީ މީހަކު އޭނާއަށް ހަމަލާ ދީފައިވަނީ ބުރަކައްޓަށެވެ. ހަމަލާދިނުމަށްފަހު "ފުއްޕާފައި" ނޫޅެވޭނެ ކަމަށް ބުނެ އެ މީހާ އިންޒާރު ދިން ކަމަށްވެސް ފިއްޓޭ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ހަމަލާ ދިން ފަރާތުގެ މައްސަލަ...