ޒުވާނުންނާ ހެދި މުޅި ގައުމުގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެއްޖެ: ސްޓޭޓް މިނިސްޓަރު
ޒުވާނުންނަކީ އުޅުމެއް ނެތް ދަށުދަރަޖައިގެ ބައެއްކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދެކެވަޑައިގަންނަވާކަން ހާމަވެއްޖެ އެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އައިޝަތު ޒުހުރުބާން ވަނީ އިންސާފަށް އަޑުއުފުލާ ޒުވާނުންނަކީ އެއްވެސް އުޅުމެއް ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
މި މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު (21) އަށް އިންސާފު ހޯދައިދިނުމަށް އަޑުއުފުލަމުންދާ...