މިއީ ވެލީގެ ގޮނޑުދޮށެއް ނޫން، ބޮލީގެ ގޮނޑުދޮށެއް!
ގޮނޑުދޮށެކޭ ބުނުމުން އަހަރުމެންގެ ހިތަށް އަންނަނީ ސާފު ހުދު ދޮން ވެލީގެ ގޮނޑުދޮށްތަކެވެ. ނުވަތަ ހުދު ނޫނަސް އެކި ކުލަކުލައިގެ ވެލީގެ ގޮނޑުދޮށްތަކެވެ.
އެހެން ނަމަވެސް މިފަހަރު މިއޮތީ މުޅިން ތަފާތު ގޮނޑުދޮށެއްގެ ވާހަކަ އެވެ. އެ ގޮނޑުދޮށަކަށް ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ޒިއާރަތްކުރާ ހާއްސަ ސިފަތަކެއް ލިބިގެންވާ ގޮނޑުދޮށެއްގެ ވާހަކަ އެވެ.
އޮސްޓްރޭލިއާގެ ޝެލް ބީޗު
ހުޅަނގު އޮސްޓްރޭލިއާގެ "ޝާކް ބޭ" ކިޔުނު އައްސޭރި ފަށުގައި 60 ކިލޯމީޓަރުގެ ސަރަހައްދަކަށް...