ކުޑަކުދިންގެ ބަންގީގެ ފަހަތުގައިވާ ހިކުމަތްތެރި ވެރިން، އަބްދުއްރަޝީދުގެ ކާމިޔާބު މަންޒިލް
ދ. ކުޑަހުވަދޫގެ މިސްކިތްތަކުން މިއަދު އިވޭ ކުޑަކުދިންގެ ރީތި ބަންގީގެ އަޑަކީ އެތައް ބަޔެއްގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އަޑެކެވެ. މި ރީތި ހިތްގައިމު އަޑުތަކުގެ ވާހަކަ އިވެން ފެށީ އެ ރަށަށް އުފަން އަބްދުއްރަޝީދު އިބްރާހީމްގެ ފަރާތުންނެވެ. އެރަށު ތިކްރީތު، އަބްދުއްރަޝީދަކީ އެމްއެންޔޫ އިން އެޑްވާންސް އަދި ޑިޕްލޮމާ އޮފް އިމާމް އެންޑް ޚަޠީބު އަދި އައިޔޫއެމް އިން ބެޗްލާ އޮފް އިމާމް އެންޑް ޚަޠީބު ހާސިލްކޮށްފައިވާ، މިސްކިތްތަކުގައި...