ކަޝްމީރު ހަމަލާއާއެކު ފަވާދުގެ ފިލްމު ރިލީޒް ނުކުރާނެކަމުގެ ބިރުހީވެއްޖެ
މިދިޔަ އާދީއްތަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮލީވުޑަށް އެނބުރި އަންނަ ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާންގެ ފިލްމު "އަބީރު ގުލާލް" ސިނަމާތަކުގައި ރިލީޒް ނުކުރާނެކަމުގެ ބިރުހީވެއްޖެ އެވެ.
އިންޑިއާގެ ހަބަރުތަކުން ބުނާ ގޮތުގައި އެ ހަމަލާއަށްފަހު ޕާކިސްތާނުގެ އެކްޓަރެއް ހިމެނޭ ފިލްމެއް އަޅުވަން ގިނަ ސިނަމާތަކުން ދަނީ ފަސް ޖެހެމުންނެވެ.
މިއާއެކު ނުވަ އަހަރަށްފަހު ފަވާދު ބޮލީވުޑުން ފެންނަ ފުރަތަމަ ފިލްމުގެ މުސްތަގްބަލް މިވަގުތު އޮތީ ނޭނގުމެއްގެ...