ޔުމްނު ވެއްޓުމުގެ ޒިންމާ އެމްޑީޕީގެ ބޮލުގައި ރައީސް އަޅުވައިފި
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް އަންހެން މިހާ ކަމަށްވާ ހައްވާ ޔުމްނު ރަޝީދު ވެއްޓުމުގެ ޒިންމާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިދިކޮޅު އެމްޑީޕީގެ ބޮލުގައި އަޅުވައިފި އެވެ.
ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޔުމްނު ވެއްޓުމުގެ ޒިންމާ ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރަން ހިތްވަރުދިން މީހުން ކަމަށެވެ.
"މިހާރު މި ހިނގައިގެން އުޅޭ ހިތާމަވެރި، ވަރަށް...