އަަންހެން ކުއްޖާ ވެއްޓުން: ފުލުހުން އަމަލުކުރި ގޮތް 241 ކޮމިޓީން ބަލަން ހުށަހަޅައިފި
މިދިޔަ ހުކުރު ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅު މައްޗަށް 21 އަހަރުގެ އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީ އެއް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) ހެދުމަށް އެދި ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އޭޕްރީލް 18 ވަނަ...