ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރަން އަދި ނުވެސް ކުރާނަން: ރައީސް
ގާނޫނުތައް ތަންފީޒުކުރުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާނެ ކަމަށާއި ނުވެސް ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މިގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރައްވާ ކަމަށާއި އެކަން އެގޮތަށް ނުވެސް ކުރައްވާނެ ކަމަށެވެ.
އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަދިކަމަކަށް، ރަހްމަތްތެރިކަމަކަށް، އާއިލީ...