ފިންލޭންޑަކީ ދުނިޔޭގެ އެންމެ އުފާވެރި ގައުމު
ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓުގައި ފިންލޭންޑު އަނެއްކާ ވެސް އެންމެ މަތީގައި ހިމެނިއްޖެ އެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ވެލްބީއިން ރިސާޗް ސެންޓަރުން އަހަރަކު އެއްފަހަރު ނެރޭ ރިޕޯޓުގައި ފިންލޭންޑުގެ އިތުރުން ޑެންމާކް، އައިސްލެންޑް އަދި ސްވީޑަން ވަނީ އެންމެ މަތީ ހަތަރު ގައުމުގެ ގޮތުގައި ހިމެނިފަ އެވެ.
މި ދިރާސާގައި ބަލާފައިވަނީ އެކި ގައުމުތަކުގެ މީހުން އެމީހުންގެ ދިރިއުޅުމާމެދު ދެކޭގޮތް ސުވާލުކޮށްގެން ލިބުނު ޖަވާބުތަކަށެވެ. ގެލަޕް އަދި ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް...