ޝަމްއާން ވަކިކުރީ އިހްސާންގެ ވީޑިއޯއެއް އޮތްކަމަށް މައުލޫމާތު ލިބިގެން: އާއިލާ
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްކަމުން މުހައްމަދު ޝަމްއާން ވަހީދު ވަކިކުރީ ހޯމް މިނިސްޓަރު އަލީ އިހްސާންގެ ވީޑިއޯއެއް އޭނާގެ އަތުގައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ކަމަށް ޝަމްއާންގެ އާއިލާއިން ބުނެފި އެވެ.
ޝަމްއާންގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ އޭނާ ވަކިކުރީ އިހްސާނާ ގުޅުން އޮންނަ ބިދޭސީއެއް ހައްޔަރުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ކަމަށެވެ. އިހްސާން ހިންގަވާ ކޮރަޕްޝަންގެ އަމަލުތަކުގައި އެ ބިދޭސީ މީހާ ބައިވެރިވާ ކަމަށް ވެސް އާއިލާއިން...